ފެށުން
އުނގަންނައި ދިނުމާއި ގުޅޭގޮތުން ތަފާތު އެތައް
ދިރާސާތަކެއް ވަނީ ހެދިފައެވެ. މި ހުރިހާ ދިރާސާތަކެއް ވެސް ހަދާފައިވަނީ
ކުދިންނަށް އުނގަންނައިދޭނެ ތަފާތު އުސޫލުތަކުގެމައްޗަށް ބިނާކޮށެވެ. ބޭނުމަކީ
ކުދިންނަށް އެއްމެފުރިހަމަ ގޮތުގައި އުނގަންނައިދިނުމެވެ. މިގޮތުން ހެދިފައިވާ
ބައެއް ތިއަރީތަކުގެ ތެރޭގައި ބަހެއް ތަރައްގީ ވަމުންދާ ގޮތް، އެކި ކުދިންގެ
މެދުގައި ވިސްނުމުގެ ތަފާތުކަން އަދި އެކި މީހުން އުނގެނުމުގައި ގެންގުޅޭ
ތަފާތުގޮތްތައް ހިމެނެއެވެ. ނަމަވެސް މި ހުރިހާ ތިއަރީތަކަކީ އޭގެ ނިންމުންތައް
ނުވަތަ ލަފާކުރުންތައް އެއްމެ ފުރިހަމައަށް ދިމާވާ ތިއަރީތަކެއް ނޫނެވެ. މި
އެސައިންމެންޓްގައި ބަލާލާނީ ކިޔަވައިދެވުނު ނޯޓްސްތަކުގައިވާ ފަސް
ތިއަރީއެއްގެމައްޗަށެވެ.
ކޮގްނިޓިވް
ލަރނިންގ ތިއަރީ
މިތިއަރީގައި އުނގެނެނީ
ކުއްޖާ މާހައުލަށް ހޭނުމަށްޓަކައި ކުރާ ތަޖުރިބާތަކުގެ ތެރެއިން ސިކުނޑީގެ
މަސައްކަތްތަކަށް ފިތުރީގޮތުން އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށްގެންނެވެ. ޕިއާޖޭގެ
ތިއަރީގައިވާގޮތުން އިންސާނާގެ ސިކުނޑި ތަރައްގިވަމުން އަންނަނީ ހަތަރު
މަރުހަލާއެއް ތެރެއިންނެވެ. އެއީ ސެންސިމޯޓަރ (އުފަންވުމާއި ދެ އަހަރާއި ދެމެދު)،
ޕްރީއޮޕްރޭޝަނަލް (2-7)، ކޮންކްރީޓް
އޮޕަރޭޝަނަލް (7-11)، ފޯމަލް އޮޕަރޭޝަނަލް
(އެޑޯލެސެންސް އެޑަލްހޫޑް)އެވެ.
ބިހޭވިއަރަލް
ލަރނިންގ ތިއަރީ
މި
ތިއަރީއަކީ މާހައުލުން ކުއްޖާ އުނގެނޭ ކަންކަމުން ކުރުވާ އަސަރެއްގެ ނަތީޖާ
ބޭރުފުށުން ހާމަވެ، ފާޅުވެގެންދާ ދާއިމީ ބަދަލަކީ އުނގެނުމުގެ ގޮތުގައި މާނަކޮށްދޭ
ތިއަރީއެކެވެ. މި ތިއަރީގައިބުނާގޮތުން އުނގެނުމަކީ ވަޒަންކުރެވޭ އަދި ބޭރުފުށުން
އެކަން ހާމަވެގެންދާ ތިއަރީއެކެވެ. އެގޮތުން ކިޔެވުމަށް ބަދަލެއް އަންނާނީ
އުޅުމަށް ބަދަލެއް އައިސްގެންގެންނެވެ. އަދި ހަމައެއާއެކު ކުއްޖާގެ އުޅުމަށް
ބަދަލު އަންނަނީ ވަށައިގެންވާ ވެށީގެ ސަބަބުންނެވެ. ގޯސްކަމެއް ނައްތާލަން
ބޭނުންނަމަ ޕަނިޝްމަންޓް އަދި ރަނގަޅުކަމެއް ކުރިއަރުވަން ބޭނުންނަމަ
ރީއިންފޯސްމެންޓް ބޭނުންކުރުންވެސް މިއީ މި ތިއަރީގައި ބަލާ ކަމެކެވެ. މިކަމުގައި
ޕޮޒިޓިވް ރީއިންފޯސްމެންޓް އަދި ނެގެޓިވް ރީއިންފޯސްމެންޓް ބޭނުންކުރުމަށް މި
ތިއަރީގައި ބާރުއަޅައެވެ. ޕޮޒިޓިވް ރީއިންފޯސްމެންޓަކީ ރަނގަޅުކަމެއް ކުރުވުމަށް
ބާރު އެޅުވުމަށް ކުރާކަމެކެވެ. ނެގެޓިވް ރީއިންފޯސްމެންޓް ބޭނުންކުރަނީ އުނދަގޫވާ
ކަންކަން ނައްތާލުމުގެ ގޮތުންނެވެ.
ކޮންސްޓްރަކްޓިވިޒަމް
ތިއަރީ
މިތިއަރީގައި
ދިރިއުޅޭ މާހައުލުންނާއި އުފެދި ބޮޑުވާ މަރުހަލާތަކާ ގުޅޭގޮތުން ފަރުދީގޮތުން
ވިސްނޭ ވިސްނުންތަކާއި ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާއީ
ގުޅުންތަކުގެ ތެރެއިން އުނގެނިގެންދެއެވެ. މި ތިއަރީގައި ބޮޑަށް ބާރުއަޅަނީ
ކިޔެވުމުގައި ކަންކަން އެކްޕީރިއެންސް ކޮށްގެން ދަސްކުރުމަށެވެ. މި ތިއަރީއަށް
ވައިގޮޓް އަދި ޕިއާޖޭ ވެސް އެއްބަސްވެއެވެ. އަދި ވަށައިގެންވާ މާހައުލުން ފެންނަ
ކަންކަމުން (ލިބޭ ނޮލެޖް) އެމީހަކު މާނަ ނަގާ ގޮތަކަށް ސިކުނޑީގައި ރައްކާކޮށް
ފުޅާކުރަނީއެވެ. ހަމަ މި ތިއަރީގައި ވައިގޮޓްސްކީ ހާމަކުރައްވަނީ ކުއްޖާއަށް
އެނގިފައި ހުންނަނީ ވަކިވަރަކަށް ކަމަށާއި އެކަމަށް އެހެންމީހަކު އެހީތެރިކަން
ފޯރުކޮށްދޭނަމަ ވިސްނުން ފުޅާވެގެން ދާނެކަމަށެވެ. މިގޮތަށް އެހީތެރިކަން ފޯރުކޮށް
ދިނުމުގެ ސަބަބުން އެކުދިންނަށް ކުރިއަށް ދިއުމަށް އުނދަގޫވެފައިވާ ކަންކަން
ފަސޭހަވެގެން ދާނެކަމަށެވެ. އެއީ ޒޯން އޮފް ޕްރޮކްސިމަލް ޑިވެލޮޕްމެންޓް ވުމެވެ.
ކޮސްޓްރަކްޓިވިޒަމް އާއި ކޮގްނިޓިވް
ލަރނިންގ ތިއަރީގައި ހުރި ތަފާތެއްކަމުގައި އެޑްވަރޑް ތޮލްމަން ބުނުން، "ކުއްޖާގެ
ކިޔެވުމަށް ހިތްވަރު ނުދީވެސް ކިޔެވިދާނެކަމަށާއި އުޅުމަށް މާބޮޑު ބަދަލެއް
ނައިސްވެސް ކިޔެވިދާނެކަމަށެވެ. ހަމައެއާއެކު ފެންނަ ކަންކަމާއި ހަގީގަތާއި
ތަފާތުވާނެކަމެވެ." ވެގެންދެއެވެ.
ސޯޝިއަލް
ކޮގްނިޓިވް ތިއަރީ
މިއީ
ދިރިއުޅޭ ވެށިން ފެންނަ ފެނުންތަކާއި ކުރެވޭ ތަޖުރިބާތަކުގެ ތެރެއިން އުނގެނުމުގެ
ނަޒަރިއްޔާތެވެ. ނުވަތަ އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން ދަސްވާ ކަންތައްތަކަށް
ބަލައިގެން ދަރިވަރުން އުނގެނޭކަމަށް ބުރަވާ ތިއަރީއެވެ. މި ތިއަރީގައި ބޮޑަށް
ބާރުއަޅަނީ ސުލޫކީ މައްސަލަތަކަށް ފިޔަވަޅު އެޅުމުގެ މައްޗަށެވެ. މި ގޮތަށް
ފިޔަވަޅު އެޅުމުން (ކުލާހުގައި ނުވަތަ ސުކޫލުގައި) އެ މަންޒަރު ފެނުމުން
އެކަމާމެދުގައި ކުދިންވިސްނައި އެ އަމަލު ނުކުރުމަށް ކުއްޖާއަށް ހިތްވަރު
ލިބިގެންދާނެއެވެ. މިގޮތަށް ކުދިން ކުރާ ކުށްތަކަށް ވަގުތުން ފިޔަވަޅު އެޅުމުން
ފަހުން ކުދިން އެ ކުށް ތަކުރާރު ނުކުރުމަށް ބާރު އެޅިގެންދާނެއެވެ. މިގޮތުން
ކުދިންގެ އުޅުން އިސްލާހުވެގެން ދާނެއެވެ.
މޯޓިވޭޝަން
ކަމެއް
ކުރުމަށް މަގުދައްކާ، އެކަމަށް ބާރުއަޅާ، ކަމެއްގައި ދެމިހުރުމަށް ބާރުފޯރުވާ
މަގުޞަދުތަކެއް ޙާޞިލްކުރުމަށް ހިތްވަރުދީ އެ މަގުޞަދުތައް ޙާޞިލްކުރުމަށް
ވަކިގޮތަކަށް ބައްޓަންކުރުވައިގެން އުނގަންނައިދޭ ތިއަރީއަކީ މިއީއެވެ. މި
ތިއަރީގައި ބަލަނީ ކުދިން މޯޓިވޭޓް ކޮށްގެން ކިޔަވައި ދިނުމަށެވެ. ދެގޮތަކަށް
ކުދިން މޯޓިވޭޓް ކުރެވޭކަމަށް މި ތިއަރީގައި ހާމަކުރެއެވެ. އެގޮތުން
އިންސްޓްރިންސިކު މޯޓވޭޝަންއަކީ އަމިއްލަ ޝައުގުވެރިކަމާއެކު ކިޔެވުމެވެ. އަދި
އެކްސްޓްރިންސިކު މޯޓިވޭޝަން އަކީ އެހެންމީހުން ބާރުއަޅައިގެން ކަމެއް ދައްކައިގެން
ނުވަތަ ކޮށްދީގެން ކިޔެވުމަށް ބާރުއެޅުވުމެވެ.
މި
ތިއަރީތަކަށް ބަލައި އަޅުގަނޑު ކިޔަވައި ދިނުމުގައި ބޭނުންކުރާނެ ގޮތް
މި
ތިއަރީތަކަށް ބަލައި ކުދިންނަށް ކިޔަވައިދިނުމުގައި އަޅުގަނޑު ބޭނުންކުރާނީ މި
ފަސް ލާނިން ތިއަރީއިން އަޅުގަނޑަށް އެންމެ ކަމުދާ ކަންކަން ބޭނުންކޮށްގެންނެވެ.
އެގޮތުން ކޮގްނިޓިވް ލާރނިން ތިއަރީގައި ކުއްޖާގެ ހެދިބޮޑުވުމުގެތެރެއިން
މާހައުލަށް ހޭނުމަށްޓަކައި ކުރާކަންކަމުން ކުއްޖާ އުނގެނޭކަން ގަބޫލުކުރުމާއެކު ކޮންންޓްކްޓިވިޒަމްގައި
ވާގޮތަށް ކުއްޖާ އަމިއްލައަށް ކަންކަންކުރުމުގެ ފުރުސަތު ވީ އެންމެ ބޮޑަކަށްދީގެން
އުނގަންނައިދިނުމަށެވެ. އަދި ސޯޝަލް ކޮގްނިޓިވްގައި ސުލޫކީގޮތުން ކަންކަން
އިސްލާހުކުރުމަށް ބާރުއަޅާގޮތްވެސް އަޅުގަނޑުގެ އުނގަންނައިދިނުމުގައި
ބޭނުންކުރެވިގެންދާނެއެވެ. ހަމައެއާއެކު މޯޓިވޭޝަން ތިއަރީގައިވާގޮތަށް ކުދިން
މޯޓިވޭޓްކޮށްގެން ކިޔަވައިދިނުންވެސް އަޅުގަނޑުގެ އުނގަންނައިދިނުމުގައި
ބޭނުންކުރާނަމެވެ. މީގެ އިތުރުން އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި
ބިހޭވިއަރަލް ލާރނިންތިއަރީގައިވާ ސްޓްރެޓެޖީސްތައް ބޭނުންކުރުމަށް
އިސްކަންދޭނަމެވެ.
No comments:
Post a Comment